ރިޔާސަތާއި ވަކިވުމަށް އަޅުގަނޑު މީނީ ކެތްމަދުވެފައި: ނަޝީދު

ފަންސާސް ހަތަރު މެމްބަރުންގެ ސޮޔާއިއެކު މަޖިިލީސް ރައީސް ކަމުން، މުޙައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީއިން ނިންމާފައިވަނިކޮށް އެމަނިކުފާނު އިިންނެވީ ރިޔާސަތުން ވަކިވާން ކެތްމަދުވެފައިކަމަށް  ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ މައްޗަންގޮޅީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެކަމުގެ އުއްމީދުގައި އިންނެވިކަމަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަޤީޤަތުގައި ރިޔާސަތުގައި މި އިންނަނީ. އުއްމީދުކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް," ނަޝީދު ވިދާޅުވިއެވެ.
ރައީީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމިކަން އިއްޔެވަނީ އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޢުލާނުކޮށްފައެވެ. މިގޮތުން އެ ޕާޓީން ބުނިގޮތުގައި ނަޝީދު މަޖިލީސް ރައީސް ކަމުން ވަކި ކުރަން ހުށައަޅަން ނިންމީ ޤާނޫނު އަސާސީއާއި ޚިލާފަށް މަޖިލިސް ހިންގަވާތީއެވެ.
ރައީސް ނަޝީދު ރިޔާސަތުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސާ އީވާ ވެސް މަޤާމުންވަކިކުރުމުގެ މަސައްކަތްވެސް އެމްޑީޕީން ދަނީ ކުރަމުންނެވެ. އީވާގެ އިތުބާރު ނެތްކަމުގެގެ މައްސަލަ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 23 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ