އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހެޅުމުން، އެ ފޯމުތައް ލިބުނީ ރައީސް އޮފީހަށް ކަމަށާއި، އެ ޕާޓީގެ މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށް، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެއް މެމްބަރު، އީވާ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއަށް ވަނުމަށް ސޮއި ކުރި މީހުންގެ ލިސްޓު ލީކުވެފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، ސަރުކާރުން ހުރަސް އަޅާވަރުން ސިޔާސީ ޕާޓީއެއްވެސް މިއަދު އުފެއްދެން ނެތް ކަމަށާއި، ޑިމޮކްރެޓްސް އުފެއްދުމަށް އީސީއަށް ފޯމުތައް ހުށަހެޅުމާއެކު، އެ ފޯމުތައް ލިބުނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ އަތްޕުޅަށް ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްްސްއަށް ވަންނަން ސޮއި ކުރާ މީހުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ.
ރައީސް ނަޝީދާ ޢާއިލީ ގުޅުން އޮންނަ އީވާ އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސްއަށް ސޮއި ކުރި މީހުންނަށް ބިރު ދައްކައިގެން، އެ ސޮއިތައް އަނބުރާ ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޑިމޮކްރެޓްސްއަށް ސޮއި ކުރާ މީހުންނަށް ބިރު ދައްކާ ކަމަށް ބުނެ، އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، ޙަސަން ލަޠީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
ޑިމޮކްރެޓްްސްއަށް ސޮއި ކުރަނީ، ޗޯރު ހާލި ކަމުނުދާ މީހުން: އީވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ