ރައްޔިތުންގެ މަޖިިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސެއިން) އަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ގިނަ ބައެއްގެ ކުރިމަތީގައި އިންޒާރު ދީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސައިން ޝަހީމް މިއަދު ވިދާޅުވީ ރައީސް ނަޝީދު އޭނާ އަށް އިންޒާރު ދީފައިވަނީ މަޖިލީހުގެ ސައިގަޑީގައި ސައިކޮޓަރީގައި ހުންނަވާކަމަށެވެ.
"ދަ ޑިމޮކްރެޓްސްގެ ވަރަށް ގިނަ ބަޔަކު، ދިހަ މީހުން އާދެ ދިހަ މީހުން މިތާންގެ މާލަމަށް އަޑުއެހުމަށްޓަކައި އައިސް އަޅުގަނޑުމެން ބްރޭކް ގަޑީގައި ސައިބޯން ސައިކޮޓަރިއަށް ދިޔައިރު ސިޑިމަތިން އަޅުގަނޑަށް ވަނީ އިންޒާރު ދީފަ 4 މީހަކު ވަނީ އަޅުގަނޑަށް އިންޒާރުދީ ހަޑިހުތުރު އެއްޗެހި ގޮވައިފަ. އެވާހަކަ އަޅުގަނޑު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސައިކޮޓަރީގައި އިންނަވަނިކޮށް ދެންނެވިން އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމާ ވިދާޅުވި އަދި ކަލޭ ކަންފަތްމަތީގައިވެސް އެމީހުން ލައްވާ ޖައްސުވާނަމޭ ހޭއަރުވާލާނަމޭ" ހުސައިން ޝަހީމް ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ މެމްބަރުންނަށް އިންޒާރު ދީ ބިރުދައްކާކަމަށް ބުނެ އިއްޔެވެސް ވަނީ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. އެހެންނަމަވެސް އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުން ދަނީ އެކަން ދޮގުކުރަމުންނެވެ.
ނަޝީީދު ވަނީ އެތައް ބައެއްގެ ކުރިިމަތީ އަޅުގަނޑަށް "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެފަ: ހުސައިިން ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ