ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ތަރީހަކީ މިއަދެވެ.
ފިތުރު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ 23 މާޗުން ފެށިގެން 18 އެޕްރީލްއާ ހަމައަށެވެ.
މިއަދުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ބަނދުވާ އިރު އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާ އެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ދައްކާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް މި ޒަކާތް ދައްކާލެވޭނެއެވެ.
އެގޮތުން އެޕުން އެމްފައިސާ އެކައުންޓަށް ލޮގިން ވެލުމަށް ފަހު، ޕޭ ޒަކާތް ބެނާއަށް ފިތާލީމަށް ޒަކާތް ދެއްކުމާއި ކުރިއަށް ދެވޭނެއެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ފިތުރު ޒަކާތް ދައްކައިފިންތަ؟ މިއަދު މިއީ ފަހު ދުވަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ