ދެ ދަރިންނާއެކު ކާރުގައި ރޯވި އިރުވެސް މަންމަ ހުރީ ފިހާރައަކުން ވައްކަން ކުރަން!

ފްލޮރިޑާގެ އަންހެނަކު އޭނާގެ ދެދަރިން ކާރުގައި ބެއިތިއްބުމަށްފަހު ފިހާރައަކަށް ވަދެ ވައްކަން ކުރަމުން ދަނިކޮށް ދެ ކުދިންނާއެކު އެކާރުގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާގައި އެލިސިއާ މޫރް ނަމަކަށް ކިޔާ އުމުރުން 24ގެ މި އަންހެން މީހާގެ އެއް ކުއްޖަކަށް ވަނީ އަނިޔާވެފައި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެކުއްޖާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިހާދިސާ ހިނގިއިރު އެލިސިއާ ހުރީ އޯލަންޑޯ ރީޓެއިލް ފިހާރައަކުން ވައްކަން ކުރަން ކަމަށް ވެސް ރިޕޯޓްތައް ބުނެފައިވެއެވެ.
އެގައުމުގެ ފުލުހުން ބުނާގޮތުގައި މި މައްސަލައިގައި އެލިސިއާ ހައްޔަރުކޮށް އޭނާގެ މައްޗައްވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ ކުށުގެ ދައުވާ އާއި އަލިފާން ރޯކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މިހާދިސާގައި އެލިސިއާ ފިރިހެނަކާއެކު ފިހާރައިން ވައްކަން ކުރުމަށްފަހު އެފިހާރައަށް ވަތްތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ފިހާރައިން ނުކުމެފައިވާއިރު އޭނާއަށް ފެނުނީ އޭނާގެ ކާރުގައި އަލިފާން ރޯވެފައިވާ ތަންކަމަށާއި އެޔާއެކު އަދި ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި އޭނާވަނީ އުކާލާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ